ޗައިނާގެ މައިނެއްގައި 16 މީހުން މަރުވެއްޖެ

ޗައިނާގެ ބޯޓުދެލި މައިން އެކްސިޑެންޓެއްގައި މީހުންތަކެއް ތާށިވެ ގިނަ އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

ހާދިޘާ ހިނގާފައިވާ ސޮންގުޒައޯ މައިނަކީ ޗައިނާގެ ދަޢުލަތުގެ ހަކަތައާބެހޭ ކުންފުނީގެ މައިނެކެވެ. ރަސްމީ ފަރާތްތަކުން ބުނީ ހާދިޘާ ހިންގި ވަގުތު މައިނުގައި ޙަރަކާތްތެރިވަމުންދިޔަ 17 މީހުންގެ ތެރެއިން 16 މީހުން މަރުވެފައިވާކަމަށެވެ. އެކަކުވަނީ ފަރުވާދިނުމަށް ހަސްފަތާކަށް ގެންގޮސްފައެވެ. އޭނާގެ ޙާލަތު ރަނގަޅު ނޫންކަމަށް މަސްދަރުތަކުން ބުނެއެވެ.

ޗައިނާގެ ދަޢުލަތުގެ ނޫސް އިދާރާއިން ބުނީ އެ ހާދިޘާ މެދުވެރިވީ މައިނުގައި ހުރި ކޮންވެޔާ ބެލްޓެއްގައި އަލިފާން ރޯވެ މައިނުގައި ވިހަ މާއްދާއެއްކަމަށްވާ ކާބޮންމޮނޮކްސައިޑު ހުރި މިންވަރު އިތުރުވުމުގެ ސަބަބުންކަމަށެވެ. ކަމާބެހޭ ފަރާތްތަކުން މިހާރުދަނީ އެ ހާދިޘާ ތަހުޤީޤުކުރަމުންނެވެ.

ޗައިނާގައި މައިން އެކްސިޑެންޓް ހިނގައި މީހުން މަރުވުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް މިހާ ގިނަ މީހުން މަރެއް ނުވެއެވެ. މި ހާދިސާގެ ތަހުގީގު މިހާރު ވަނީ ފަށާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!