ސިޔާސީ ރައްދުދޭއިރު އަންހެނުންނަށް އަމާޒު ތި ކުރަނީ ކޮން ބޭނުމެއްގައިތޯ: ރޮޒެއިނާ

ސިޔާސީ ރައްދުދޭއިރު އަންހެނުންނަށް އެ އަމާޒުތައް ރައްދުކުރައްވަނީ ކޮންބޭނުމެއްގައިތޯ ވިދާޅުވެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ރައްދުދެއްވައިފިއެވެ.

އިދޮކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވެފައިވަނީ، އިއްޔެ ރާއްޖެއައީ ބޮޑު އާގުބޯޓެއް ކަމަށާއި މާދަން ދިވެހި ކަނބަލުން ކައިރިއަށް އަންނާނީ މަތިމަސްލީ މީހުންކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވައި، ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި އަންހެނުންނަށް ނިސްބަތްކޮށް އެފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ކޮންމެ ކަމަކާ ގުޅުވައިގެން އަންހެނުން ނިކަމެތިކޮށް އެއީ ގޮތް ހުސްވެފައިވާ ބައެއް ކަމަށް ދައްކާތީ ރޮޒެއިނާ ވަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

އޭނާ ވަނީީ ސިޔާސީ ރައްދުތައް ދޭއިރު އަންހެނުންނަށް އަމާޒުކޮށް އެފަދަ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލު އުފައްދަވައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!