ޑްރަގް ޗެޓުތަކަށް ދިޕިކާ އެއްބަސްވެއްޖެ!

މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ޝައްކު ކުރެވިގެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުކޮށްގެން ސުވާލު ކުރުމުން، ލީކުވި ޑްރަގް ޗެޓުތަކަކީ ހަގީގަތެއް ކަމަށް ބަތަލާ ދިޕިކާ ޕަޑުކޯން އެއްބަސްވެއްޖެއެވެ.

‘ޓައިމްސް ނައު’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިޕިކާއާއި އޭނާގެ މެނޭޖަރު ކަރިޝްމާ އާ ސުވާލުކޮށްފައި ވަނީ އެކުގައެވެ. އަދި ކަރިޝްމާގެ ކިބައިން މަސްތުވާތަކެތި އެބަހުރިތޯ އަހައި ވަޓްސްއެޕް ގްރޫޕެއްގައި ދިޕިކާ 2017 ވަނަ އަހަރު ފޮނުވާފައިވާ މެސެޖުތަކަކީ އަސްލެއް ކަމަށް ދެމީހުންވެސް އެއްބަސްވެފައިވާ ކަމަށް އެ ނޫހުން ބުނެއެވެ. މިކަމާ ގުޅިގެން އެންސީބީގެ ޓީމުން އަންނަނީ ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންނެވެ. ނަމަވެސް މިއަށްވުރެ އިތުރަކަށް އެއްވެސް މީޑިއާ އަކަށް އަދި މައުލޫމާތެއް ނުލިބެއެވެ.

ދިޕިކާ މިއަދު ތަހުގީގަށް ހާޒިރުކުރި އިރު، އޭނާގެ ފޯނު އެތެރެއަށް ވެއްދުމުގެ ފުރުސަތެއް ވެސް ނުދެއެވެ. އަދި ދިޕިކާއާ ސުވާލުކޮށްފައި ވަނީ 5 މީހުންގެ ޓީމަކުން ކަމަށް ‘ޓައިމްސް ނައު’ އިން ރިޕޯޓުކުރެއެވެ.

މި މައްސަލައާ ގުޅިގެން ދިޕިކާއާއި އޭނާގެ ފިރިމީހާ އެކްޓަރު ރަންވީރު ސިންގް ވަނީ ރޭގެ ވަގުތެއްގައި ފަސްތަރި ހޮޓަލެއްގައި މުމްބާއީގެ އެންމެ ފެންވަރު ރަނގަޅު ވަކީލުންނާ ބައްދަލުކޮށްފައި ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. އަދި 12 ވަކީލުން ހިމެނޭ ޓީމަކާ އެ މައްސަލަ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.

  1. ekamku dheepu eh drug beynumeh nukuraane. mi noohug thiyoh deepikaa drug beynun kohgen huri photo thakekey bunaa photo thakuga vx evves kameh faahag eh nuvey.. mashah vx feney mi noohuga kangana are dhekolhah koffa hunna comment thah. ma bunaanee hama huss thedhey ei hama magey hithuga vx oih gothey. mi kangana aku emmen ge boa kaalaifi. sushant maru v ma nepotism, kangana amilla ah drug addicteh kamh ehbas veema ves ei bollywood meehun gadhakamun drugs dhinee. ekamaku dp shradda sara ge boluga kiriyaa ,
    thuhumatheh elhu vaairah bodu drug addict, nashedi, maal kya hai.. shame on Kangana

    2
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!