އެޗްއައިވީ އާއި ކެންސަރު ޖެހި ރަނގަޅުވި ފުރަތަމަ މީހާއަށް އަނެއްކާވެސް ކެންސަރު ޖެހިއްޖެ

އެޗްއައިވީ އަދި ކެންސަރު ޖެހިފައިވާ މީހުންގެ ތެރެއިން ފުރަތަމަ ފަސޭހަވި މީހާ ކަމަށް ރިޕޯޓްކޮށްފައިވާ ޓިމޮތީ ރޭ ބްރައުންއަށް އަނެއްކާވެސް ކެންސަރު ޖެހިއްޖެ އެވެ.

ބާލިންގައި ދިރިއުޅޭ މި މީހާ އެޗްއައިވީ އަދި ކެންސަރުން ރަނގަޅުވެފައިވަނީ 2007 ގައެވެ. “ބާލިން ޕޭޝަންޓް”ގެ ނަމުން މަޝްހޫރު ވެފައިވާ މި މީހާގެ ހަށިގަނޑުން އެޗްއައިވީ ވައިރަސް މުޅިން ފިލާފައިވާކަން އިއުލާން ކޮށްފައިވަނީ 2008 ގައި ބޭއްވި ކޮންފަރެންސެއްގަ އެވެ.

ބްރައުންއަށް ފުރަތަމަ އެޗްއައިވީ ޖެހިފައިވާ ކަން އިނގުނީ 1990ގެ އަހަރުތަކުގައެވެ. އަދި އޭނާއަށް ކެންސަރު ޖެހުނުކަން އެނގުނީ 2006ވަނަ އަހަރުއެވެ. 2007 ވަނަ އަހަރު އޭނާގެ ޑޮކްޓަރުން އެއިޑްސް ރަނަގޅުވޭތޯ ޓެސްޓުކުރުމަށްޓަކައި ސްޓެމް ސެލް ޓްރާންސްޕްލާންޓްއެއް ކުރިއެެވެ. އަދި އެއަށްފަހު 2008 ވަނަ އަހަރު ކެންސަރުން ރަނގަޅުކުރުމަށްޓަކައި ބޯންމެރޯ ޓްރާންސްޕްލާންޓްއެއް ކުރިއެވެ.

ޓްރާންސްޕްލާންޓް ކުރިފަހުން ޑޮކްޓާރުން ބުނެފައިވަނީ ޕޭޝަންޓްގެ ލޭގައި އެޗްއައިވީގެ އަސަރެއް ފެންނަން ނެތްކަމަށާއި ކެންސަރުންވެސް ރަނގަޅުވެފައިވާ ކަމަށެވެ.

އެފަހުން އެޗްއައިވީ ހުރިތޯ ހަދަމުން އައި ހުރިހާ ޓެސްޓެއް ނެގަޓިވްވުމަށްފަހު ބްރައުންއަށް އަނެއްކާވެސް މިދިޔަ އަހަރު ވަނީ ކެނސްރު ބަލި ޖެހިފައެވެ. އޭނާ އަންނަނީ މިހާރު ކެލިފޯނިއާގައި އެ ބައްޔަށް ފަރުވާ ކުރަމުންނެވެ.

ޑޮކްޓަރުން ބުނާގޮތުގައި މި ޓްރީޓްމަންޓްއަކީ ހައި ރިސްކް ޓްރީޓްމަންޓްއެކެވެ. މި ޓްރީޓްމަންޓް ހަދަނީ އެންމެ ފަހު ގޮތެއްގެ ގޮތުގައި، އެޗްއައިވީ ޖެހިފައިވާ ޕޭޝަންޓުންގެ ފުރާނައަށް ނުރައްކާ ވެފައިވާ މީހުންނަށްކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!