ވެނިޓީ ވޭންގައިވެސް ސުޝާންތު ޑުރަގު ބޭނުންކުރޭ: ޝްރަދާ

ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ ތަޙުޤީޤުގެ ތެރެއިން ފެންމަތިވެފައިވާ ބޮލީވުޑު ޑުރަގުގެ މައްސަލައިގައި މިއަދު މަޝްހޫރު އެކްޓަރެސް ޝުރަދާ ކަޕޫރު އެންސީބީއަށް ވަނީ ހާޒިރު ކޮއްފައެވެ. އޭނާގެ ބަޔާނުގައި ސުޝާންތު ޑުރަގު ބޭނުންކުރާކަމަށް ބުނެފައިވާ ކަމަށް ރިޕޯރޓްތަށް ބުނެއެވެ. ޝުރަދާ ތަހުޤީޤުގައި ބުނެފައިވާ ގޮތުގައި ވެނިޓީ ވޭންގައިވެސް ސުޝާންތު ޑުރަގު ބޭނުންކުރެއެވެ.

ސުޝާންތު ޑުރަޤު ބޭނުންކުރާކަމަށް ޝުރަދާ އެއްބަސްވެފައި ވީނަމަވެސް އޭނާ ޑުރަގު ބޭނުން ނުކުރާކަމަށް ވަނީ ބުނެފައެވެ. އަދި ޗިޗޯރޭގެ ސަކްސެސް ޕާރޓީ ސުޝާންތުގެ ފާރމްހައުސްގައި ބޭއްވުނު ކަމަށާއި އަދި އެޕާރޓީގައި އޭނާ ބައިވެރިވީކަމަށްވެސް ޝުރަދާވަނީ އެއްބަސްވެފައިއެވެ.

އަދި ރިޕޯރޓްތަށް ބުނާގޮތުގައި ޝުރަދާ އާއި ސުޝާންތުގެ މެނޭޖަރު ޑުރަގުގެ މުއާމަލާތް ކޮއްފައިވާ ޗެޓާއި ބެހޭގޮތުން ސުވާލުކުރުމުން އޭނާ އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. މިޗެތްގައި ޑުރަގުގެ ބާވަތެއްކަމަށްވާ ސީބީޑީ އޮއިލް ގަތުމާއި ބޭނުންކުރުމާއި ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ.

މީގެ އިތުރުން އިއްޔެ ވަނީ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ގެ ދަރުމާ ޕްރޮޑަކްޝަންގެ ޕާރޓީއެއްގައި ޑުރަގު ބޭނުންކުރިކަމަށްބުނެ ހުށައަޅާފައިވާ މައްސަލައިގެ ތަހުޤީޤަށް އެ ޕްރޮޑަކްޝަންގެ މުވައްޒަފެއްކަމަށްވާ ކުޝިތިޖު ޕުރަސާދުވެސް އެންސީބީއަށް ހާޒިރިކޮއްފައެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި 24 ގަނޑިއިރުގެ ތަހުޤީޤަކަށްފަހު އޭނާ ވަނީ މިހާރު ހައްޔަރުވެސް ކުރެވިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!