ދީޕިކާ ޑުރަގު ބޭނުންކޮއްގެން ހުރިކަމަށްބެލެވޭ ވީޑިއޯއެއް!

އިންޑިއާގެ އެންސީބީއިން ބަލަމުންދާ މައްސަލައެއްގައި ޒުވާން އެކްޓަރެސް ދީޕިކާ ޕަޑުކޯން އެންސީބީ އޮފީހަށް ހާޒިރު ކޮއްފައިވާއިރު އޭނާ ޑުރަގު ބޭނުންކޮއްގެން ހުރިކަމަށްބެލެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.

ރެސްޓޯރެންޓެއްގެ ބޭރުން ނަގާފައިވާ މި ވީޑިއޯއަކީ 2017 ގެ ވީޑިއޯ އެއް ނަމަވެސް މި ވީޑިއޯ މިހާރު ވައިރަލް ވެފައި އެވަނީ ލީކްވެފައިވާ ޗެޓް ލޮގުގައި ދިޕިކާއާއި އޭނާގެ މެނޭޖަރު ވާހަކަދައްކާފައިވާ ދުވަސްތަކާއި އެ ވީޑިއޯ ނަގާފައިވާ ދުވަސްތަށް ދިމާވުމުންނެވެ.

ކޮންމެސް ވަރަކަށް އަމަލުވެފައި ހުރިކަމަށް ބެލެވޭ ގޮތަކަށް ދީޕިކާގެ ހަރަކާތްތަށް މިވީޑިއޯއިން ފެނިގެންދާއިރު އޭނާ އާއި އެކު އަދިއްތިޔާ ރޯއީ ކަޕޫރު، ސިދާތް މަލޯތްރާގެ އިތުރުން ސޮނާކުޝީ ސިންހާވެސް ފެނެއެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ދީޕިކާ ޙާޒިރު ކޮއްފައިވާއިރު އޭނާ އެތަހުޤީޤަށްޓަކައި ގޯއާގައި ކުރިއަށްދިޔަ ޝޫޓިން ހުއްޓާލުމަށްފަހު އަމިއްލަ ޖެޓެއްގައި ވަނީ މުމްބާއީއަށް އައިސްފައެވެ. އެހެން ނަމަވެސް ތަޙުޤީޤުގައި ޑުރަޤު ބޭނުން ކުރާކަމަށް އިންކާރުކޮއްފައިވާކަމަށް ރިޕޯރޓުތަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!