ދަރިފުޅު ސާރާ ތަހުޤީގަށް ހާޒިރުކުރިއިރު، ސައިފް އިސްކަންދިނީ ކަރީނާއަށް

ބޮލީވުޑުގައި ފެންމަތިވެގެން އުޅޭ ޑުރަގު މައްސަލައިގައި ބަތަލާ ސާރާ އަލީ ޚާން މިއަދު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުކުރިއިރު، ސާރާގެ ބައްޕަ ސައިފް އަލީ ޙާން ވަނީ އަންހެނުން ކަރީނާ އާއި އެކީ ނިއު ދިއްލީއަށް ގޮސްފައެވެ.

މީގެ ދެދުވަސްވަރު ކުރިން ކަރީނާއާއި ސައިފް އަދި އެދެމީހުންގެ ދަރިފުޅު ތައިމޫރް އެއާޕޯޓަށް ފުރަން ގޮސްފައިވާ މަންޒަރު އިންޑިއާގެ ނޫސްތަކުން ވަނީ ހިއްސާކޮށްފައެވެ. ކަރީނާ ނިއު ދިއްލީއަށް ގޮސްފައިމިވަނީ، އާމިރް ޙާން އާއި އެކު އޭނާ ކުޅެމުން އަންނަ ލާލް ސިންގް ޗައްޑާގެ ޝޫޓިންގްއަށެވެ.

ސާރާ މިއަދު އެންސީބީއަށް ހާޒިރުކޮށްފައި މިވަނީ، ޖޫން މަހު މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިން ނުކުތް މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ. އެގޮތުން މިއަދު ސާރާ ތަހުޤީގަށް ހާޒިރުކުރުމުން އޭނާ ބުނެފައިވަނީ ސުޝާންތުއާއި އޭނާ ގާތް ނަމަވެސް އެއްވެސް އިރެއްގައި ޑްރަގު ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.

މި މައްސަލާގައި އެންސީބީ އަށް މިއަދު ވަނީ ބަތަލާ ޝްރައްދާ ކަޕޫރު އަދި ދީޕިކާ ޕަޑުކޯން ވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!