ކާގޯ ފެރީއަކީ އުތުރު ތަރައްގީގެ ފެށުން: މިނިސްޓަރ ޝާހިދު

މިއަދު މި ފެށުނު ކޮޗިން ކާގޯ ފެރީއަކީ އުތުރުގެ ރަށްތަކަށް އަންނަ ތަރައްގީގެ އާ ފެށުން ކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުޓާ ދެމެދު ފެރީގެ ހިދުމަތް ފަށާައި، ފުރަތަމަ ފެރީ މިއަދު ވަނީ އެ ސިޓީއަށް ބަނދަރުކޮށްފަ އެވެ.

ފެރީ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، މިއަދު ފެންނަމުން ދާ މަންޒަކީ ހުރިހާ ކަންކަމެއް މާލެއަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި ހަގީގީ ލާމަރުކަޒީ ނިޒާމެއް ތަންފީޒުވެގެންދާތަން ކަމަށެވެ. އެގޮތުން ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަަމުންދާ ކަމަށާއި އެކަމުގެ ހަގީގީ ފައިދާ އެ ސަރަހައްދެއްގެ ރައްޔިތުންނަށް ކުރަމުންދާ ކަމަށެވެ.

“މިއަދު މި ފެށި ފެރީ ސާވިސްގެ ސަބަބުން އަޅުގަނޑުމެންނަށް ފަހި ވެގެންދާ އެންމެ ބޮޑު އެއް ކަމަކީ، މާލެއަށް ބަރޯސާވެ، ތަރައްގީގެއް ކަންކަން ކުރުމުން މިއައި އައުން ނިމުމަކަށް ގެނައުމުގެ ގެނައުމުގެ ފެށުން،” އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރާނެ ކަމުގެ ވައުދާ އެކުގައި ކަމަށާއި މިހާރު އެ ވައުދުގައި ކުލަ ޖެހެމުންދާ ކަމަށެވެ.

“ތަނެއްގައި އޮތް ރަންވޭއެއްގެ ކޮޅުގައި ބައިނަލްއަގުވާމީއޭ ޖަހާލުމަކުން މި ސަރުކާރަކަށް ނުފުދޭ. ސަރުކާރުން ބޭނުން ވަނީ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް އެއާޕޯޓަށް ބޭރުގެ ބޮޑެތި ބޯޓުތައް އައިސް އުތުރު، ބޮޑުތިލަދުންމަތި ފަތުރުވެރިކަމުގެ މުއްސަނދިކަމުން ފުރާލަން”

އިންޑިއާގެ ކޮޗިން އިން މި މަހުގެ 21 ވަނަ ދުވަހު ފުރި، “އެމްސީޕީ ލިންޒް” ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ ޓުޓިކޯރިން އިން ފުރައިގެން ކޮޗިން ބަނދަރާ ކައިރި ކުރުމަށްފަހު އެވެ. މުދާ އުފުލާ ބޯޓު މިއަދު ބަނދަރުކޮށްފައި ވަނީ ދެ ކޮޓައިނާ އެވެ. ބޯޓުގައި ހުރީ ގާތްގަނޑަކަށް 500 ޓަނުގެ މުދަލެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!