މޫނު ތެޔޮވަނީ މިކަންކަން ކުރާތީ، އަވަހަށް ހުއްޓާލަން އުޅޭ!

މޫނުގެ ހަންގަނޑު ތެޔޮވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ބައެއް ފަހަރު ހޯމޯންސްގެ ސަބަބުން ދިމާވާ ކަމަކަށް ވިޔަސް، އަމިއްލައަށް ހެދޭ ގޯސްތަކަކުން ވެސް މޫނު ތެޔޮވެއެވެ. މޫނު ތެޔޮވުމަކީ އޮށާޅަ ނެގުމަށް ވެސް މަގުފަހިވާ ކަމެކެވެ.

މިފަހަރު މި ކިޔައިދެނީ، މޫނުގެ ހަންގަނޑު ތެޔޮވާން ދިމާވާ ބައެއް ސަބަބުތަކެވެ. މިއީ ތިބާއަށް އެނގުމަކާނުލައި ކުރެވޭ ކަންކަމަށް ވެދާނެއެވެ. ނަމަވެސް ރީތި ހަންގަނޑެއް ބޭނުންވާ ނަމަ މިކަންކަމާ ދުރުވެލަން އެބަ ޖެހެއެވެ.

1. މާ ގިނައިން މޫނު ދޮވުން

ހަންގަނޑު ތެޔޮކޮށް ހުންނަ މީހުންނަށް އެނގެން ޖެހޭ އެކައްޗަކީ، ކިތަންމެ ގިނައިން މޫނު ދޮވުނަސް އެކަމަށް ހައްލެއް ނުލިބޭނެ ކަމެވެ. ވިޔަސް ވާނީ ހައްތާ ގޯހެވެ. އެހެންކަމުން، މޫނު ދޮންނަ ފުޅި ލައިގެން ގިނަގިނައިން މޫނު ނުދޮވެ، ދުވާލަކު ވަކި ވަރަކަށް ދޮންނަން އާދަކުރާށެވެ. ހުސް ފެނާ އެކީ މޫނު ދޮވުން މީގައި ނުހިމެނޭނެއެވެ.

2. ގިނައިން ފެން ނުބުއިން

ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުލިބޭނަމަ، ތެޔޮ އުފައްދާ ގްލޭންޑް ތަކަށް ސިގްނަލް ފޮނުވައިގެން ތެޔޮ އުފެދުން އިތުރު ކޮށްދެއެވެ. އެހެންކަމުން ހަންގަނޑު ރީތިކުރުމުގެ ސިއްރަކީ ހަމަ ގިނައިން ފެން ބުއިމޭ ބުނެވިދާނެއެވެ.

3. މޮއިސްޗަރައިޒާއެއް ބޭނުން ނުކުރުން

ހަންގަނޑު މޮއިޒްޗަރައިޒް ކުރުމަކީ ތެޔޮކަން އިތުރުކޮށްދޭ ކަމެއް ކަމަށް ހީވާނަމަ، އެއީ ކުށްހީ އެކެވެ. އޮއިލް-ކޮންޓްރޯލިންގ މޫނު ދޮންނަ ސައިބޯންޏަކަށްފަހު ޓޯނާއެއް ބޭނުންކޮށްފައި މޮއިސްޗަރައިޒް ކުރުން ވެސް މުހިއްމެވެ. ނަމަވެސް ތަންކޮޅެއް ލުއި، ފެން ގިނަ މޮއިސްޗަރައިޒާއެއް ޚިޔާރު ކުރަން ސަމާލުވައްޗެވެ.

4. މާ ގަދަޔަށް މޭކަޕް ކުރުން

މޫނުގައި ފައުންޑޭޝަނާއި، ބްލަޝް އަދި ހައިލައިޓާ ފަދަ އެކި މޭކަޕް ޕްރޮޑަކްޓުތައް ގިނައިން ބޭނުންކުރުމަކީ ވެސް ހަންގަނޑު ތެޔޮވާ ކަމެކެވެ. އެހެންކަމުން، މިކަމުން ބްރޭކެއް ނަގައިގެން ހަންގަނޑަށް ނޭވާލުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި މޭކަޕް ކުރާ ދުވަހަކު ވެސް، ގެއަށް އައިސްފައި ނިދުމުގެ ކުރިން ރަނގަޅަށް މޫނު ސާފުކޮށްގެން ނިދަން އާދަކުރާށެވެ. އަދި ނިދަން އޮށޯންނަން ދަމުން ނައިޓް ކްރީމެއް އުނގުޅަން ވާނެއެވެ. އެއީ އޮއިލީ ސްކިން އަށް ހާއްސަ ކްރީމަކަށް ވާންވާނެއެވެ.

5. ސްޓްރެސް

ސްޓްރެސް އަކީ އެތައް ސިއްޙީ މައްސަލައެއްގެ ފެށުމެވެ. ހަންގަނޑުގެ މައްސަލަތަކާއި، ބޮލުން އިސްތަށިފޭބުން، ނިދި ހަމަ ނުވުން މިއީ ހައްތާވެސް ސްޓްރެސްގެ އަސަރެވެ. އެހެންކަމުން، ވީހާވެސް ސްޓްރެސް އާ ދުރުގައި އުޅެވޭތޯ ބަލާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!