ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަޤާމް ޖެކް މާއަށް ގެއްލިއްޖެ

އެންމެ އާބާދީ ބޮޑު އަދި އިގްސާދީ ބޮޑު ބާރެއް ކަމަށްވާ ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން ޖެކް މާ ފަހަތަށް ޖައްސައިލުމަށް ފަހު، ފެން ކުންފުންޏެއްގެ ވެރިއަކަށް ލިބިއްޖެ އެވެ.

ލޫބާގް ބިލިއަނާޒް އިންޑެކްސް މިހާރު ބުނާ ގޮތުން ޗައިނާގެ އެންމެ މުއްސަނދި މީހަކީ މިލްކިއްޔާތު 58.7 ބިލިއަން ޑޮލަރަށް އަރާ ޒޮންގް ޝަންޝަން އެވެ. އޭނާ އަކީ 1996 ގައި އުފެއްދި ފެން ކުންފުނި “ނޮންގްފޫ ސްޕްރިންގް” ގެ ވެރިޔާ އެވެ.

ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމާ އެކު، “ލޯން ވުލްފް” ގެ ނަމުން މަޝްހޫރު ޝަންޝަން މިހާރު ވެފައި ވަނީ އޭޝިއާގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާއަށެވެ.

މި ވަގުތު އޭޝިއާގެ އެންމެ މުއްސަނދި މީހަކީ އިންޑިއާގެ ރިލަޔަންސް ގްރޫޕްގެ ވެރިޔާ މުކޭޝް އަމްބާނީ، 63، އެވެ. އޭނާގެ މިލްކިއްޔާތަކީ 88.8 ބިލިއަން ޑޮލަރެވެ. އަމްބާނީ މި ވަގުތު ހިމެނެނީ ދުނިޔޭގައި އެންމެ މުއްސަނދި 10 މީހުންގެ ލިސްޓްގެ ފަސް ވަނައިގަ އެވެ.

ޖެކް މާ، 56، ފަހަތަށް ޖައްސާލައި ޝަންޝަން ޗައިނާގެ އެންމެ މުއްސަނދި މަގާމު ހޯދި އިރު، އެކި ކަންކަމަށް ހައިރާތަށް ވެސް ބޮޑެތި އަދަދުތަކުން ހޭދަކުރާ ޖެކް މާގެ މިލްކިއްޔާތަކީ 50.4 ބިލިއަން ޑޮލަރެވެ.

ފުޅީގައި ފެން ބަންދުކުރުމުގެ ވިޔަފާރީން ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނު ޝަންޝަން އޮތީ މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ލިސްޓްގެ 17 ވަނައިގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!