ޑްރަގް ޗެޓު ލީކުކޮށްލުުމުގެ ތުހުމަތު ދީޕިކާ ކުރަނީ އޭނާގެ މެނޭޖަރަށް

ބޮލީވުޑްގެ ތަރި ސުޝާންތު ސިންހް ރާޖްޕުތްގެ މަރުގެ ތަހުގީގުކުރިއަށް ދަނިކޮށް ފެންމަތިވި ޑުރަގު މައްސަލައެއްގައި ބަތަލާ ދީޕިކާ ޕަދުކޯންގެ ނަން މިވަނީ ފެންމަތިވެފައިއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯން ޓެލެންޓް މެނޭޖަރު ޖަޔާ ސާހާގެ ފޯނުން ފެނުނު ޑްރަގް ޗެޓްސްތަކެއްގެ މައްސަލައެއްގައި ދީޕިކާގެ އިތުރުން މަޝްހޫރު ތަރިން ތަކެއްގެ ނަން ހިމެނެއެވެ.

ދީޕިކާ އާއި އޭނާގެ މެނޭޖަރު ކަރިޝްމާ އާއި ދެމެދު ދެކެވިފައިވާ ވާހަކަތައް އާންމުވުމާ ގުޅިގެން އޭނާ މި ހަފްތާގައި އެންސީބީއަށް ހާޒިރުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ދީޕިކާއަށް ކުރެވޭ ތުހުމަތާއި އެކު އޭނާ ވަނީ 12 މެމްބަރުންގެ ވަކީލުންގެ ޓީމަކާއި ވާހަކަދައްކާފައެވެ. މީގެއިތުރުން އޭނާގެ ފިރިމީހާ މަޝްހޫރު ފިލްމީ ތަރި ރަންވީރު ސިންގް ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.

އިންޑިއާގެ ނޫސްތައް ބުނާ ގޮތުން ދީޕިކާ އަންނަނީ އޭނާގެ މެނޭޖަރު ކަރިޝްމާ އަދި ޓެލެންޓު މެނޭޖަރު ޖަޔާ ސާހާ އަށް އެ ޗެޓްލޮގުތައް ލީކު ކޮށްލިކަމުގެ ތުހުމަތު ކުރަމުންނެވެ. އެގޮތުން ވަކީލުންގެ ޓީމާއި ވާހަކަ ދެއްކި އިރު ކަރިޝްމާއާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!