މޫލީން ބިގް ޑިވައިސް ސޭލް ގެ ނަމުގައި ޕްރޮމޯޝަނެއް

އީ ކޮމާސް ޕްލެޓްފޯމް މޫލީ އިން މިއަދު “ބިގް ޑިވައިސް ސޭލް” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. 

އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮމޯޝަންގެ ދަށުން މަގުބޫލު ބްރޭންޑުތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، ބޮޑެތި ޑިސްކައުންޓްތަކާއެކު މާކެޓުގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށެވެ.

މި ދުވަސްކޮޅަކީ ކުރިއަށްވުރެ ބޮޑަށް ޑިޖިޓަލް މެދުވެރިކޮށް ކަންކަން ކުރަންޖެހިފައިވާ ދަނޑިވަޅަކަށްވުމާއި އެކު، ފެންވަރު ރަނގަޅު ޑިވައިސް އާއި އިލެކްޓްރޯނިކްސްގެ މުހިންމުކަން އިތުރުވެފައިވާއިރު މޫލީ ގެ ބިގް ޑިވައިސް ސޭލް އަކީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ ޕްރޮމޯޝަނެއް ކަމަށް އުރީދޫން ބުނެއެވެ.

30 ސެޕްޓެމްބަރު 2020ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އެޕަލް ވޮޗް، އެއަރޕޮޑްސް، ސެމްސަންގް އަދި އޮޕޯގެ މަގްބޫލް ފޯނުތައް ލިބެން ހުންނާނެއެވެ.ޕްރޮމޯޝަންގެ ދަށުން ލިބެން ހުރި ޑިވައިސްތައް، މޫލީ ޕްލެޓްފޯރމްގައި ބިގް ޑިވައިސް ސޭލް ސެކްޝަނުން %15 އާއި ހަމައަށް އެ ޕްރޮޑަކްޓަކުން ލިބޭ ޑިސްކައުންޓްއާއި އެކު ފެންނަން ހުންނާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އެ ޕްލެޓްފޯމުގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް ފަސޭހަކަމާއެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. އެ ހިދުމަތްތަކާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީ އިން ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.

އިތުރު ފަރާތްތަކުން މޫލީއާ ގުޅެމުން އަންނަ އިރު، އެ ޕްލެޓްފޯމް އޮތީ ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނަށް ކުރިއަށްވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް އުރީދޫން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!