މާލެ ހުކުރު މިސްކިތް އަންނަ ހަފްތާގައި އަލުން ހުޅުވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިއްޖެއެވެ.
މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޚާއްސަ ޓީމަކުންނެވެ. މި މަސައްކަތްކުރުމަށް މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ.
ދެއަހަރު ދުވަހުގެ މި މަޝްރޫއެއްގެ ދަށުން އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތަށް މިސްކިތް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ހުޅުވުމުގެ ތައްޔާރީތައް ވަމުންދާއިރު އަދި ހުޅުވާނެ ދުވަހެއް އެމިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.