ހުއްދަނެތި ރުށްގަސް ކެނޑި މައްސަލާގައި ނަޑެއްލާ ކައުންސިލު 20000 ރުފިޔާއިން ޖޫރިމަނާކޮށްފި

ގދ.ނަޑެއްލާގެ ވަށައިގެން މަގެއް ހެދުމަށް ގަވާއިދާއި ހިލާފަށް ރުށް ގަސް ކެނޑި މައްސަލާގައި އެ ރަށު ކައުންސިލު ވިހިހާސް ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިއެޖެންސީގެ ހުއްދަނެތި، ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލުން، އެރަށުގެ ވަށައިގެން މަގެއް ހެދުމަށް، ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނަގާފައިވާކަން މި އެޖެންސީއިން ބެލި ބެލުމުން ފާހަގަކުރެވިފައިވާތީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ 20،000 ދިވެހި ރުފިޔާއިން އެކައުންސިލް ވަނީ 20 ސެޕްޓެމްބަރ 2020 ގައި ޖޫރިމަނާކުރެވިފައިވާކަމަށެވެ.

އެހެންކަމުން، ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް ދެއްކުމަށް ކައުންސިލަށް އަންގަވާފައިވާނެކަމަށް އިޕީއޭއިން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!