ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި 25 ޓަނުގެ އައިސްޕްލާންޓް ޤާއިމްކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ މަސްވެރިން ބާނާ މަސް ތަޒާކަންމަތީ މަސް ގަންނަ ފަރާތްތަކާ ހަމައަށް ގެންދިޔުމަށްޓަކައި މަސްދޯނިފަހަރަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައިސް ޕްލާންޓްތައް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި 25 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުމަށް 20 ސެޕްޓެމްބަރ 2020ގައި ބީލަމަށް ހުޅުވާލާފައިވާ ކަަމަށެވެ.
މިމަޝްރޫޢުގެ ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2020 އޮކްޓޯބަރ 08 ވަނަ ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާން ޖެހޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 2020 އޮކްޓޯބަރ 11 ވަނަ ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައި ކަމަށްވެސް ވަނީ ބުނެފައެވެ.
މިމަޝްރޫޢުއާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެރިކަލްޗަރގެ ވެބްސައިޓުން (www.fishagri.gov.mv) ލިބެން ހުންނާނެއެވެ.