ބ. ދަރަވަންދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީ އަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުން ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކު ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހެދި ޓެސްޓް ޕޮޒިޓިވް ވެފައިވާކަމަށެވެ.
އެމީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށާއި، އެމީހާގެ ހާލު ރަނގަޅުކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. އަދި ވިދާޅުވީ އެދުވަހު ރަށަށް އައީ އެމީހާ އެކަނި ކަމަށާއި، އެމީހާއާ ކޮންޓެކްޓްވި މީހަކު ނެތްކަމަށެވެ.
ރާއްޖޭގެ 24 ރަށަކާއި 25 ރިސޯޓެއްގައި މިވަގުތު އެކްޓިވް ކޭސްތައް ތިބި ކަމަށް އެޗްޕިއޭއިން މައުލޫމާތު ދީފައިވެ އެވެ.