މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު އިއްޔެ މީހަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހދ. ހިރިމަރަދޫ ފެނަކަ ބްރާންޗުގެ ސުޕަވައިޒަރެވެ. އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހާ އަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ ކައުންސިލަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓެކެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވ. 

ކުޅުދުއްފުށި ބަނދަރު ސަރަހައްދުން އިއްޔެ ހަވީރު 04:35 ހާއިރު އޭނާ ހައްޔަރު ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައި ވެއެވެ. 

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!