އެމްއެންޑީއެފްް އުޅަނދުތައް އިންޝުއާ ކޮށްދޭނެ ފަރާތެއް ހޯދަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުތައް އިންޝުއަ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މިއަދު ގެޒެޓުކޮށް އިއުލާން ކޮށްފައިވަނީ އެމްއެންޑީއެފްގެ އުޅަނދުތައް އިންޝުއާކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. އަދި މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުޠުހަމަވާ ހުރިހާ ފަރާތަކަށް ވަނީ ހުޅުވާލާފަ އެވެ.

އިއުލާނުގައި ބުނީ، ބީލަން ހުޅުވުން އޮންނާނީ 12 އޮކްޓޫބަރު ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

އެމްއެންޑީއެފުން ބުނީ، މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ތިރީސްހާސް ރުފިޔާ ހުށަހަޅަން ޖެހޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!