ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ 7000 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން މޯލްޑިވިއަންގެ ފްލައިޓުތަކުގައި އަނބުރާ ގައުމަށް ގެންގޮސްފި އެވެ.
ކޮންމެ ހަފްތާއަކު ވެސް 200 މީހުން ބަންގްލަދޭޝަށް ގެންދިޔުމުގެ މަސައްކަތް ގައުމީ އެއާލައިނުން ކުރެ އެވެ. އެގޮތުން މިއަދު ވެސް ވަނީ އިތުރު 200 މީހަކު ފޮނުވާލާފަ އެވެ. އެއާއެކު މޯލްޑިވިއަންގެ ފްލައިޓުތަކުގައި ބަންގްލަދޭޝަށް ފޮނުވާލި މީހުންގެ ޖުމްލަ އަދަދު ވަނީ 7132 އަށް އަރާފަ އެވެ. މިއީ އެ އެއާލައިނުން ކުރި މިފަދަ 37 ވަނަ ދަތުރެވެ.
ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ ވޮލަންޓްރީ ރިޕެޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް އެނބުރި ގައުމަށް ދިޔުމުގެ ފުރުސަތު ލިބެ އެވެ.