ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާތީ ދައުވާކުރި 6 މީހުން ބަންދުން ދޫކޮށްލައިފި

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރި ކަމަށް ބުނެ ރ. މަޑުއްވަރިން ހައްޔަރުކޮށް، ދައުވާ އުފުލި 6 މީހުން ބަންދުން ދޫކޮށްލައިފިއެވެ.

ރ. މަޑުއްވަރީ ގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށާފައިވާއިރު، މިދިއަ ހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، އެ ރަށުން އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ދަރިއަކަށް ބަލިވެއިން މައްސަލައެއް ވަނީ ފެންމަތިވެފައި ވަނިކޮށެވެ.

އެ މައްސަލަ ފެންމަތިވީ، މަޑުއްވަރީ ލަނޑާ ނަގާ ދޯންޏެއްގައި ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. ލަނޑާ ނަގަން ގޮސްއުޅުނީ މަޑުއްވަރީއަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވެއެވެ.

ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން މިދިއަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިއަހަރުގެ ކުރީކޮޅު ރ. މަޑުއްވަރީގެ އިތުރުން 7 ރަށެއްގައި ހާއްސަ އޮޕަރޭޝަންތަކެއް ފުލުހުން ހިންގާފައި ވެއެވެ.

އެގޮތުން، މި އަހަރު ކުރީކޮޅު މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވަނީ، ރ. މަޑުއްވަރީ މީރާ، ހަސަން ރާޒީ އާއި އެރަށު ގުލްއަލާގޭ އިބްރާހިމް ޖިހާދާއި އެރަށު މީޒާން، ހަސަން ސިޔާދާއި ހަމައެގޭ އާދަމް ސުހައިލްގެ އިތުރުން ނ، މަނަދޫ ގަހާ، އިބްރާހިމް ޝިބުނީގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކުރިއެެވެ. ނަމަވެސް، މިއަޑުއެހުން، އިންޓަނެޓްގެ މައްސަލަތަކާ ހެދި އަޑުއެހުން އިތުރަށް ކުރިއަށް ގެންދެވޭ ގޮތްވަނީ ނުވެފައެވެ.

ބުދަ ދުވަހާ ހަމައަށް އޭގެތެރެއިން ބަންދުގައި ހުރީ، ރާޒީ އެކަންޏެވެ. އޭނާ ފިޔަވާ އެންމެން މީގެކުރިން ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!