ޔޫއެންއޯޑީސީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑް އޮފިސަރުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ޔޫއެންއޯޑީސީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑް އޮފިސަރުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގައި ކުރިއަށް ގެންދިޔަ ވެސެލް ބޯޑް ސަރޗް އެންޑް ސީޒް ތަމްރީނު ޕްރޮގްރާމަކީ އެމްއެންޑީއެފް އާއި ޔޫއެންއޯޑީސީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ތަމްރީނުތަކުގެ ތެރެއިން ފުރަތަމަ ތަމްރީނު ޕްރޮގްރާމްކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވާފައިވަނީ އެމެރިކާގެ ޔޫއެންއޯޑީސީގެ މުދައްރިބުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިކަމާއި ގުޅިގެން ޔޫއެންއޯޑީސީންވެސް ވަނީ، އިންޑިއާ ކަނޑުގައި ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ހިންގާ ކަންކަން ހުއްޓުވުމަށް، މުހިންމު ތަމްރީން ޕްރޮގްރާމެއްވެސް ފައްޓަވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކަނޑުފޭރޭ މީހުންނާއި ޑްރަގް ޓްރެފިކްކުރުމާއި އިންސާނީ ވަގުފާރީގެ އަމަލުތައް ހުއްޓުވައި ޓެރެރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ޔޫއެންއޯޑީސީން ކުރިޔަށް ގެންދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!