ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ ތަޙްޤީޤަށް މީހަކު ހާޒިރު ކުރުމަށް އޭނާ އަށް ޗިޓް ރައްދު ނުކުރެވުމުން އޭނާ ފުލުހަށް ހާޒިރުވާން އަންގައި ފުލުހުން އިއުލާނެއް ކޮށްފިއެވެ.
ފުލުހުން ބުނީ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
ފުލުހުން އާންމު ކޮށްފައިވާ ފޮޓޯގައި ހުރީ ތ. ތިމަރަފުށި/އަސަރީގެ، ހަސަން ނިޒާރު (59އ) އެވެ. އޭނާ ހާޒިރު ކުރަނީ ކުޑަކުއްޖަކަށް ޖިންސީގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހުގެ 10:00 އަށް ތިމަރަފުށި ޕޮޒލިސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާ އަށް އަންގާފަ އެވެ.