ޖީޖީ ހަދީދް ވިހައިފި

ގީގީ ހަދީދް އާއި ޒޭން މާލިކް އަންހެން ދަރިފުޅަށް މަރުހަބާ ކިޔައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ ޒޭން ބުދަ ދުވަހު ކުރި މީސް މީޑީއާ ޕޯސްޓެއްގައެވެ. އެ ދެމީހުންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އަދި ދަރިފުޅުގެ ހާލު ރަނގަޅުކަން ޒޭން ފާހަގަކޮށްފައިވެއެވެ.

ގީގީ ވިހެއުމާ ހަމައަށް ދިރިއުޅުނީ އޭނާގެ މަންމަގެ ގޭގަ އެވެ. އެތަނުގައި މެޑިޓޭޓުކޮށް، ގިނައިން ހިނގާ ހެދި ކަމަށް ވެއެވެ.

ދަރިފުޅު ވިހެއިކަން އާއްމު ކުރުމާއެކު ފޭނުން ދަނީ ގީގީ އާއި ޒޭން އަށް މަރުހަބާ ކިޔަމުންނެވެ. 

ގީގީ އާއި ޒޭން އެކުގައި އުޅޭތާ މިހާރު ގާތްގަނޑަކަށް ފަސް އަހަރު ވެއްޖެ އެވެ. މިއީ އެ ދެ މީހުންގެ ފުރަތަމަ ދަރިފުޅެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!