އެތައް ފޭނުންނެއް ރޮއްވާލުމަށްފަހު، ސުވަރޭޒް އެޓްލެޓިކޯ މެޑްރިޑަށް

ބާސެލޯނާގެ ތަރި ލުއިސް ސުއަރޭޒް އެކުލަބު ދޫކޮށްލުމަށްފަހު އެޓްލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.

ބާސެލޯނާ އިން ސުއަރޭޒް ދޫކޮށްލަން ނިންމީ އެ ޓީމުގެ އާ ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި އޭނާ އަށް ޖާގައެއް ނެތް ކަމަށް ބުނި ހިސާބުންނެވެ. ސުއަރޭޒް ގުޅޭނެ ކަމަށް އެންމެ ފުރަތަމަ ބެލެވުނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ އެވެ. އެކަމަކު ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން ސުއަރޭޒް އިޓަލީގެ ޕާސްޕޯޓް ހައްދަން ޖެހޭއިރު، އެކަން ކުރަން މިހާރު އެކަށީގެންވާ ވަގުތު ނެތެވެ. ޔުވެންޓަސް އަށް ބަދަލުވާން ސުއަރޭޒް އިޓަލީ ޕާސްޕޯޓެއް ހައްދަން ޖެހުނީ ޔުވެންޓަސްގައި މިހާރު އީޔޫ އިން ބޭރު ކުޅުންތެރިންގެ ކޯޓާ ހަމަވެފައިވާތީ އެވެ. ސުއަރޭޒްގެ ބަދަލުގައި ޔުވެންޓަސް އިން ގެންދިޔައި ލޯން އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒާ އެކު ބާސެލޯނާ އިން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތުމުން ފުރަތަމަ މަސައްކަތްކުރީ ކޮންޓްރެކްޓް އުވާލާށެވެ. އެކަމަކު އުވާލާނަމަ ކޮންޓްރެކްޓްގައިވާ ބާކީ އަހަރުގެ މުސާރައަށްވާ 15 މިލިއަން ޑޮލަރު ދައްކަން ޖެހޭތީ ބާސެލޯނާ އިން އެ ހިޔާލު ދޫކޮށްލި އެވެ. ދެން ފަހުން އެއްބަސްވި ކުޑަ ޓްރާންސްފާ ފީ އަކަށް ސުއަރޭޒް ދޫކޮށްލާށެވެ.

ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު ސުއަރޭޒް ބާސެލޯނާ އަށް ބަދަލުވީ 86 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އޭނާ ވަނީ އެ ޓީމާ އެކު 13 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ލީގާއި އެއް ޗެމްޕިއަންސް ލީގުގެ އިތުރުން ކްލަބް ވޯލްޑް ކަޕެއް ހިމެނެ އެވެ.

ސްޕެނިޝް ލީގުން ވަނީ ބާސެލޯނާ އަށް ކުޅުންތެރިން ގަނެވޭނީ ކުޅުންތެރިން ވިއްކައިގެން ކަމަށް އެ ކްލަބަށް އަންގައިފަ އެވެ. އެއީ ފާއިތުވި ފަސް އަހަރަށް ބަލާއިރު ބާސެލޯނާގެ އާމްދަނީ އަށް ބޮޑު ވެއްޓުމެއް އައިސްފައިވާތީ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ވަނީ އެ ޓީމަށް ކުޅޭ ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ އިވާން ރަކިޓިޗާއި އާޓޫރޯ ވިޑާލް ތިން މިލިއަން ޑޮލަރަށް ވުރެން އަގުހެޔޮކޮށް ވިއްކާލައިފަ އެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!