ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީ މެމްބަރުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ޕާޓީގެ މެމްބަރުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ ސިޔާސީ ޕާޓީތަކާބެހޭ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާ އިސްލާހުތަކެއް އެ ކޮމިޝަނުން އެކުލަވާލާފައިވާ ކަމަށެވެ.

އެމްޑީޕީން އެ ކޮމިޝަނުން ހުށަހަޅާ އިސްލާހުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ސެޕްޓެމްބަރ 27 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެޕާޓީގެ މެމްބަރުނަށް ހުޅުވާލާ ކަމަށެވެ. އަދި މެމްބަރުންގެ ޚިޔާލުތައް ފޮނުވާނީ ޕާޓީގެ [email protected] އީމެއިލް އެޑްރެސްއަށް ކަމަށް އެމްޑީޕީން ބުނެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ޕާޓީގެ މެމްބަރުންގެ ޚިޔާލު ހޯދުމަށް ފުރުސަތު އެމްޑީޕީން ހުޅުވާލައިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހް ކުރުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ނިންމާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ސިޔާސީ ޕާޓިތަކުގެ މައި ދަފްތަރަކީ އީސީން ބަލަހައްޓާ ދަފްތަރު ކަމަށް ހަމަޖެއްސުމާއި، ޕާޓީތަކުގެ ކޮމިޓީ އަދި ކައުންސިލްގެ މަގާމުތަކުގައި މަދުވެގެން 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުން ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!