ކަންގަނާ އަކަށް އެހެން މީހުންގެ ހިޔާލަށް ތާއީދު ނުކުރެވޭތާގައި ހަޖަމުވެސް ނުކުރެވޭ: އަރުޝީ ޙާން

ކަންގަނާ އޭނާ ސޯޝަލް މީޑިއާ އަދި ޕަބްލިކް މީޑިއާތަކުގައި އެދައްކަމުންދާ ވާހަކަތަކާ ދޭތެރޭ އޭނާ ލަދުގަންނަށް ޖެހޭކަމަށް އެކްޓަރެސް އަރުޝީ ޙާން ބުނެފިއެވެ.

އަރުޝީ އޭނާގެ އިންސްޓަގުރާމު މެދުވެރިކޮށް ކަންގުނާ އަށް ބަސްބުނެފައިވާއިރު އޭނާ ވަނީ އެހެން އެކްޓަރެސްއިންގެ އަގު ވަޒަން ކުރަން ނޭނގޭ މީހަކު އަންހެނުންގެ ހައްޤުގެ ވާހަކަ ދައްކާނީ ކިހިނެތްތޯ ސުވާލު އުފައްދާފައެވެ. އަދި އޭނާގެ ވިޑިއޯގައި އޭނާ ބުނެފައި ކަންގުނާއަކީ ކުރީގައި އޭނާ ވަރަށް ތަރުހީބުދިން އެކްޓަރެސްއެއްކަމަށެވެ. އެހެން ނަމަވެސް މިޙާރު ކުޑަކޮށްވެސް އޭނާއަށް ޤަދަރެއް ނުކުރެވޭ ކަމަށް އަރުޝީ ބުނެއެވެ.

އިތުރަށް އަރުޝީ ބުނެފައިވަނީ ސުޝާންތުގެ މަރުގެ ޒިންމާވެސް ބޮލީވުޑު މާފިޔާގެ ކޮނޑުގައި ކަންގުނާ އަޅުވަމުންދަނީ ސުޝާންތުއަކީ އަކީ ފުލޮޕް އެކްޓަރެއް ކަމަށް ބުނެ ބޮލީވުޑުގައި އޭނާގެ އަގެއް ނެތްކަން ސާބިތުކުރުމަށް މަސައްކަތްކުރި ކަމަށް ބުނެ ކަމަށެވެ. އެހެން ނަމަވެސް ކަންގުނާ މިއަދު އެދަނީ އިންޑަސްޓްރީގައި މަސައްކަތް ކޮއްފައިވާ ލެޖެންޑުންނާއި އަދި އެތަށް މަސައްކަތަކުން އިންޑަސްޓްރީގައި ފައިތިލަ ސާބިތު ކޮއްފައިވާ އެކްޓަރެސްއިންނަށް އެފަދަ ބަސްތަކުން މުހާތަބު ކުރަމުންކަމަށެވެ. ކަންގަނާ އަކަށް އެހެން މީހުންގެ ހިޔާލަށް ތާއީދު ނުކުރެވޭތާގައި ހަޖަމުވެސް ނުވާކަމަށް ބުނަމުން އަރުޝީ ބުނެފައިވަނީ ކަންގުނާ މަސައްކަތްކުރަނީ އޭނާގެ ހިޔާލު އެންމެން ޤަބޫލުކުރަން ކަމަށެވެ.

ކަންގުނާ ހޫނުފެނަށްވެއްޓި ގިނަ ބައެއްގެ މިފަދަ ބަސްތަށް އޭނާއަށް ލިބެން ފަށާފައިވަނީ ޖަޔާ ބަޗަން އަދި އުރުމިލާއާއި ބެހޭގޮތުން މީޑިއާގައި ކަންގުނާ ދެއްކި ވާހަކަތަކަށްފަހުގައެވެ.