ރިއާ ގެ ވަކީލު މި ދައްކަނީ އަދި ތަފާތު ވާހަކައެއް!

އެންސީބީއިން ބަލަމުންދާ މައްސަލައިގައި ހައްޔަރުކޮއްފައިވާ ބޮލީވުޑުގެ އެކްޓަރެސް ރިއާ ޗަކްރޮބަތީ އެ އިންޑަސްޓްރީގެ ބައެއް މީހުންގެނަންތަށް ޑުރަގު މައްސަލައާއި ގުޅުންހުރި ކަމަށްބުނެ ހާމަކޮއްފައިވާކަމަށް އެކި އެކި ޙަބަރު ފަތުރާ ވަސީލަތްތަކުން އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް އެއީ ދޮގު ޙަބަރެއް ކަމަށާއި އެ ކޭސް އާއި ގުޅިގެން ބޮލީވުޑުގެ އެއްވެސް ތަރިއެއްގެ ނަން ރިއާ ހާމަކޮއްފައިނުވާ ކަމަށް ރިއާގެ ވަކީލު ބުނެފައިވާކަމަށް ސީއެންއެން ނިއުސްއިން އެމީހުންގެ ރިޕޯރޓެއްގައި ބުނެފިއެވެ.

އިތުރަށް މި ރިޕޯރޓުގައި ބުނެފައިވަނީ އެންސީބީއިން އެހެން ބުނާނަމަ އެއީ ކަނޑައެޅިގެން ދޮގެއްކަމަށް ވަކީލު ސަތިޝް މަނިސިންދޭ  ބުނެފައިވާކަމަށެވެ.

އެންސީބީއިން ބަލަމުންދާ ޑުރަޤުގެ މައްސަލައެއްގައި ރިއާ ޗަކްރޮބަތީގެ އިތުރުން އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރޮބަތީވެސް ވަނީ ހައްޔަރު ކުރެވިފައެވެ. އަދި މިމީހުންގެ ބަންދުގެ މުއްދަތު މިހާރު ވަނީ އޮކްޓޫބަރު 6 އަކާ ހަމައަށް އިތުރު ކުރެވިފައެވެ.

މި މައްސަލައަކީ 14 ޖޫންގައި މަރުވި އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތުގެ އާއިލާއިން ރިއާ އާއި ދެކޮޅަށް ކޮއްފައިވާ ދައުވާ އެއްގެ ތަޙުޤީޤުގެ ތެރެއިން ފެންމަތިވެފައިވާ އިތުރު މައްސަލައެކެވެ. ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައިގެ ތެރެއަށް މިހާރު ވަނީ ތަފާޓު 3 އިދާރާއެއް ވަދެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!