ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހް ގެނައުމާއި ގުޅޭގޮތުން ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި

ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހް ކުރުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައްދަލުވުން އޮންނާނީމި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކަމަށެވެ. އަދި މ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާއި ގުޅޭގޮތުން ޕާޓީތަކުގެ ހިޔާލު ހޯދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ޤާނޫނު އޮތްގޮތުން، ގިނަ ބައެއްގެ ފާޑުކިޔުންތައް ޕާޓީ ނިޒާމަށް އަމާޒުވަމުންދެއެވެ. އަދި މިވަގުތު ޤާނޫނު އޮތްގޮތުން ޕާޓީތަކުގެ ހަރަކާތްތައް މޮނިޓަރކޮށް، ފިޔަވަޅު އެޅުމަށް ހުރަސްތަކެއް ހުރިކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާ މަިއގަނޑު އިސްލާހްތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި، ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އީސީ އިން ބަލަހައްޓާ ދަފްތަރަކަށް ހެދުން ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕް 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުުރުން ވެސް ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!