ކަރީނާގެ 40 ވަނަ އުފަންދުވަސް އޭނާ ފާހަގަކުރީ މިހެން!

މީގެ ދެދުވަސްކުރިން ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރް ޚާން ފާހަގަކުރި އޭނާގެ 40 ވަނަ އުފަންދުވަހުގެ އާ ވީޑީއޯއެއް މީސްމީޑިއާގައި ވައިރަލްވެއްޖެއެވެ.

ކަރީނާގެ ފޭނުންގެ މެދުގައި ދައުރުވަމުންދާ މި ވީޑިއޯކޮޅުން ފެންނަނީ، ކަޅުކުލައިގެ އަތްކެނޑި ހެދުމެއްގައި ހުރި ކަރީނާގެ ދެއަތަށް ދެ ސްޕާކްލިންގ އުއްބަތި ލައިގެން ހުރެ މަޑުމަޑުން ނަށަމުންދާ މަންޒަރެވެ. އަދި އޭރު ފަހަތުން މިއުޒިކެއްގެ އަޑު އިވެމުންދެއެވެ. މީގެ އިތުރުން އޭނާގެ ފަހަތުގައި އެކި ކުލަކުލައިގެ ބޮކިތައް ދިއްލާފައި ވާއިރު، އެހެން މީހުން ހަރަކާތްތެރިވާތަން ވެސް ފެނިގެންދެއެވެ.

ބެލެވޭ ގޮތުގައި ކަރީނާ ވަނީ އޭނާގެ 40 ވަނަ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އަދި އެދުވަހުގެ އެހެން ފޮޓޯތަކެއް ވެސް ވަނީ ދައްތަ ކަރިޝްމާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އޭގެން ފެންނަނީ ކަރީނާ އޭނާގެ އާއިލާއާއެކު އުފަންދުވަހުގެ ކޭކު ފަޅަން ތައްޔާރުވެފައި ވަނިކޮށެވެ.

އުފަންދުވަހުގެ ކަންތައްތައް ނިންމައިލުމަށްފަހު ކަރީނާ ވަނީ ފިރިމީހާ ސައިފް އަލީ ޚާނާއި ދަރިފުޅު ތައިމޫރު ގޮވައިގެން “ލާލް ސިންގް ޗައްޑާ” ގެ ޝޫޓިންގ އަށް ދިއްލީއަށް ފުރައިފައެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، ކަރީނާ އިނީ އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!