މާލޭގައި މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ މާފަންނު ތޮއިބާ މިސްކިތް ކައިރީގައި މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށާއި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ޒަހަމްވި އެ މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އަދި ފުލުހުން ގެންދަނީ ހަމަލާ ދިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އުމުރުން 19 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާގައި އަނިޔާވި މިހާއަށް ފަރުވާ ދިނުމަށް އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުން ދަނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަމުން ކަަމަށް އެފަރާތުން ބުނެއެވެ.
ހަމަލާ ދިނުމުގެ ސަބަބުން އެ މީހައަށް ލިބުނު އަނިޔާތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހާއި ހޮސްޕިޓަލަކުން ވެސް ނުދެ އެވެ.