މަސްވެރިންނާއެކު ފައިސާގެ މުއާމަލާތްކުރަން މިފްކޯ އިން އެޕްލިކޭޝަނެއް ތައާރަފުކުރަނީ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސްވެރިންއަށް ދޭން ޖެހޭ ފައިސާ އާއި މަސްވެރިން އެކުންފުންޏަށް ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިފްކޯ އިން ފަަށައިފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ލުއި ގޮތެއް ހޯދައިދިނުމުގެ މަގްސަދުގައި މިފްކޯ އިން އަންނަނީ ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

އެގޮތުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެޕްލިކޭޝަން ތައާރަފުކުރުމުގެ އަމާޒު ހިފާފައި ހުރިއިރު އިސްމާއިލް ވިދާޅުވީ އެ އެޕްލިކޭޝަން މެދުވެރިކޮށް، މަސް ބިލާއި އައިސް ބިލް އަދި ތެޔޮ ބިލް ވެސް ދެއްކޭނެ ކަމަށެވެ. އަދި ފަހަރަކު މީހަކަށް ގުޅާއި ކެޕޭސިޓީ ހުރި މިންވަރު ބަލަން ނުޖެހޭނެ ކަމަށާއި އެޕްލިކޭޝަން މެދުވެރިކޮށް މަސް ގަނެވޭނެ މިންވަރު ވެސް ފެންނާނެ ކަމަށް ވިދާޅުވި އެވެ. 

އިސްމާއިލް އިތުރަށް ވިދާޅުވި ގޮތުގައި މަސް ކިރުވި ހިސްޓްރީ ވެސް އެ އެޕްލިކޭޝަނުން ފެންނާނެ އެވެ. އެހެންކަމުން، ހިސާބުތައް ބެލެހެއްޓުމަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

މިހާރު މިފްކޯ އިން މަސްވެރިންނާއެކު ގިނަ މުއާމަލާތްތައް ކުރަމުންދަނީ ދަނީ ނަގުދު ފައިސާއިންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!