މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އޮކްޓޫބަރު 5 ގައި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އަންނަ މަހުގެ ފަސްވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމާ ޗުއްޓީއަށް ގޮސްފައިވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ.

ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުން 21 ގާނޫނެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

“މި ދައުރުގެ ތެރޭގައި 21 ގާނޫނު، ނުވަ ގަރާރު، ސަރުކާރުން ހުށަހަޅުއްވާފައިވާ 18 މައްސަލަ، ރިޔާސަތުން ހުށަހަޅުއްވާފައިވާ 11 މައްސަލަ އަދި 16 ކުއްލި މައްސަލަ ނިންމެވި،” އީވާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!