އަންނަ މަހުން ފެށިގެން ކަސްޓަމުން ފައިސާ ބަލައިގަންނާނީ ޑިޖިޓަލްކޮށް

އަންނަ އޮކްޓޫބަރ 1 އިން ފެށިގެން ކަސްޓަމުން ފައިސާ ބަލައިގަންނާނީ ޑިޖިޓަލްކޮށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ.

ކަސްޓްމްސް އިން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ދައްކާ ޑިއުޓީ އާއި އެހެނިހެން ފައިސާ 2020 އޮކްޓޯބަރު 01 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަމުން ގެންދާނީ ކަސްޓަމްސް ޕޯޓަލް ، ކަސްޓަމްސް ޕޭ ނުވަތަ އެމް.އާރު.ޓީ.ޖީ.އެސް މެދުވެރިކޮށް ކަމުގަ އެވެ.

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިޤްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ވަނީ މިނިސްޓްރީ އޮފް ފިނޭންސް އިން އަންގަވާފައި ވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ޕޯޓަލް މެދުވެރިކޮށް ދައްކަވާ ފައިސާގެ ރަސީދު ކަސްޓަމްސް ޕޯޓަލް އިން ފެންނަންހުންނާނެ ކަމަށާއި އެމް.އާރު.ޓީ.ޖީ.އެސް ހެދުމަށް އެދޭ ފޯމް ކަސްޓަމްސްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތު ދެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!