މާލޭ މަސްމާރުކެޓް

މަސްވެރިންނަށް ޚާއްސަކޮށްގެން އެޕްލިކޭޝަނެއް ތައާރަފް ކޮށްފި

މިފްކޯއިން މަސްވެރިނަށް ދޭން ޖެހޭ ފައިސާއާއި، މަސްވެރިން މިފްކޯއިން ހޯދާ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ޙާއްސަ އެޕްލިކޭޝަނެއް ތައާރަފްކުރުމަށް މިފްކޯއިން ނިންމައިފިއެވެ.

މިފްކޯއިން ބުނީ މި އެޕްލިކޭޝަން ތައާރަފްވެގެން ދިޔުމުން މަސްކިރުމަށްފަހު ލިބެން ޖެހޭ ފައިސާ މަސްވެރިންނަށް ޖަމާކުރުމާއި، މަސްވެރިން މިފްކޯއިން ޑީސެލާއި އައިސް ގަތުމަށްފަހު ފައިސާ ދެއްކުން ކުރިއަށްދާނީ މި އެޕްލިކޭޝަން މެދުވެރިކޮށްކަމަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިފްކޯއިން ސީއީއޯ އިސްމާއިލް ފައުޒީ މި އެޕްލިކޭޝަންގެ މަސައްކަތަށް މިހާރު ކުރަމުންދާކަމަށާއި، އަންނަ ނޮވެމްބަރުމަހުގެ ފަހުކޮށް އެޕްލިކޭޝަން ބޭނުންކުރަން ފެށޭވަރު ވާނެކަމަށެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!