ގދ.ފަރެސް މާތޮޑާއިން ކޮވިޑަށް ޕޮޒިޓިވްވި ޒުވާނަކު ހާލުބޮޑުވެގެން ގއ.ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.
ގއ.އަތޮޅު ހޮސްޕިޓަލުން ބުނީ ފަރެސް މާތޮޑާއިން ކޮވިޑަށް ޕޮޒިޓިވްވި ޢުމުރުން 30 އަހަރުގެ ޒުވާނަކު ނޭވާލުމަށް އުނދަގޫވުމުގެ ސަބަބުން އެޗްޕީއޭގެ އިރުޝާދާއެކު އޭނާ ގއ.ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
މި ޒުވާނާގެ އިތުރުން ގދ.ހޯޑެއްދޫން ޕޮޒިޓިވް ޢުމުރު ދުވަސްވީ ދެމަފިރިއަކަށް ވެސް އެ ފެސިލިޓީގައި އަންނަނީ ފަރުވާދެމުންނެވެ.
ގއ. އަދި ގދ. އަތޮޅުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފާއިތުވި ދެ ހަފްތާގެ ތެރޭގައި މައްޗަށް ދިޔަ ނަމަވެސް މިހާރު އެ ސަރަހައްދުގެ އާންމު ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.