ރާއްޖެއިން އަލުން ޕޯލިއޯ ފެނުމުގެ ފުރުސަތު ކުޑަ: ޑަބްލިއުއެޗްއޯ

ރާއްޖެއަށް ޕޯލިއޯގެ ނުރައްކާ ކުޑަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް އިއްޔެ ވަނީ މިކަމާއި ގުޅުންހުރި ޑަބްލިއުއެޗްއޯގެ ގްރާފެއް ޓުވިޓާގައި އާންމުކޮށްފަ އެވެ. އެ ގްރާފް ދައްކާ ގޮތުން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ ޕޯލިއޯގެ ނުރައްކާ އެންމެ ކުޑަ ގައުމެކެވެ.

ހަމައެކާއެކު ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި ޑަބްލިއުއެއޯ މޯލްޑިވްސްއާއި ޔުނިސެފް މޯލްޑިވަސްއަށްވެސް ފައިސަލް ޝުކުރު އަދާކުރެއްވި އެވެ.

އޭގެ އިތުރުން ޕޯލިއޯއާ ގުޅޭ ޕްރޮގްރާމްތައް ހިންގުމުގައި ވެސް ރާއްޖެ ރަނގަޅު ކަމަށް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ބަލީގެ ސަވައިލެންސް ލެވެލްގައި ރާއްޖެ ހިމެނެނީ މީޑިއަމް ގައުމެއްގެ ގޮތުގައެވެ.

ސްލައިޑުން ދައްކާގޮތުން ރާއްޖެއާ އެންމެ ކައިރީ އޮތް އިންޑިއާގައި ޕޯލިއޯގެ ނުރައްކާ އެބަ އޮތެވެ. އެބަލި ކޮންޓްރޯލް ކުރުމުގެ ނުރައްކާ ވެސް އެބަ އޮތްކަން ފާހަގަކޮށްފައިވެ އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ގޮތުގައި އެ ގްރާފުން ދައްކައި ދެނީ ޕޯލިއޯއާ ގުޅުން ހުރި މުހިންމު ކެޓަގަރީތަކުން ރާއްޖެއަށް ކުރެވުނު މަސައްކަތްތައް ރަނގަޅު ކަމެވެ. ފައިސަލް ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނާއި، ބެލެނިވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!