އަލީ ވަހީދުގެ މައްސަލައިގެ ތަހުޤީޤު ނިމި، ޕީޖީ އަށް ފޮނުވައިފިން: ޕޮލިސް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ދައުވާކުރަން ފޮނުވުމުގެ ކުރިން ޕްރޮސިކިއުޓަ ޖެނެރަލްގެ މަޝްވަރާއަކަށް އެދި ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤު ނިމި ދަޢުވާކުރަން ފޮނުވާފައިވާކަމަށެވެ. މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްޗެއް ފުލުހުން ވިދާޅެއް ނުވެ އެވެ.

ފުލުހުން ތަހުގީގުކުރާ މައްސަލަތައް ޕީޖީގެ މަޝްވަރާއަށް ފޮނުވަނީ، ތަހުގީގު ފުރިހަމަކޮށް ދައުވާ އުފުލުމުގެ ކުރިން، އިތުރު ކަމެއް ފުރިހަމަކުރަން އޮތްތޯ ބެލުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް އަލީ ވަހީދުގެ މައްޗަށް ކުރާ ތުހުމަތުތަކުގައި، ދައުވާ އުފުލަން ފޮނުވާނީ އެ މަޝްވަރާ އަށް ފަހުގަ އެވެ.

އަލީ ވަހީދުގެ މައްސަލަ ފެންމަތިވެފައި ވަނީ، އޭނާ މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ދާދިފަހުން މިނިސްޓްރީގެ ބައެއް މުވައްޒަފުން ސީދާ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި ބައްދަލުކޮށް ޝަކުވާ ހުށަހެޅުމުންނެވެ. އެކަމާއި ގުޅިގެން އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވީ އެވެ. މަގާމުން ވަކިކުރެއްވީ އެ އެންގެވުމަށް އިޖާބަ ނުދެއްވުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!