ބޮޑެތި ވިޔަފާރިތަކަށް 526 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ކޯވިޑް19އާ ގުޅިގެން ބޮޑެތި ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސްއިން 526.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލްއިން ދޫކުރާ “ރިކަވަރީ ލޯނު ސްކީމް”ގެ ދަށުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 371 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. މިއީ ޖުމްލަ 526.2 މިލިއަން ރުފިޔާއާއި 7.5 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްއަށް 566 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 405 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފައެވެ. އަދި 18 ފަރާތަކަށް ލޯނު ހަމަޖެހިފައިނުވާއިރު، 9 ފަރާތެއްގެ ލޯނު ދިނުމާމެދު ގޮތެއް ނިންމަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!