ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިންމާލައިފި

ސަރުކާރުން އައްޑޫ ސިޓީ ފޭދޫގައި ތަރައްގީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ފޭދޫ ފުޓްބޯޅަ ދަނޑު އެއްވަރުކުރުމުގެ މަސައްކަތް ނިންމާލިކަން މަސައްކަތާ ޙަވާލުވެފައިވާ ކުންފުނި އެމްޓީސީސީއިން އިޢުލާނުކުރީ މިއަދުއެވެ.

ދަނޑުގެ ބިން އެއްވަރުކުރުމަށް ފަހު އެމްޓީސީސީން ބުނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އިން ހަވާލުކުރި އެ މަސައްކަތަށް 2.65 މިލިއަން ރުފިޔާ ހަރަދުވިކަމަށެވެ. ސަރުކާރުން އެމްޓީސީސީއާ އެ ޕްރޮޖެކްޓް ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުއެވެ. އަހަރެއްހާ ދުވަސް ފަހުން އެމްޓީސީސީއިން އެ މަސައްކަތް ނިންމާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ފޭދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާބެހޭ ވުޒާރާއިން ވަނީ އެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއެވެ. އަދި އެ މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 4.53 މިލިޔަން ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!