މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި އަތޮޅުތެރެއިން ފަސް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޮޕަރޭޝަންތަކެއްގައި މަސްތުުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން މި އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. ފުނަދޫ، ނ. ކުޑަފަރީގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ސެޕްޓެމްބަރ 21 އަދި 22 ގައި ހިންގި އެ އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ފުނަދޫން 35 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްގެއިތުރުން 26 އަހަރުގެ މީހެކެވެ. މި ތިންމީހުން ހައްޔަރުކޮށް އެރަށުގެ ތިން ސަރަހައްދެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 32 ކަރުދާސްކޮޅު ހޯދާފައިވެއެވެ.

ނ. ކުޑަފަރީގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން 33 ގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!