އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ދެލައްކަ އަށް އަރައިފިއެވެ.
މިއަދު ހެނދުނުގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ، 205471 އަށް އަރާފައެވެ.
ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް އެމެރިކާ ގައި ދަނީ 770 މީހުން ކޮވިޑް ބަލީގައި ދަނީ މަރުވަމުންނެވެ. އަދި މި އަހަރު ނިމޭ އިރު މި ބަލީގައި ހަތަރު ލައްކަ މީހުން މަރުވާނެ ކަމަށް ޔުނިވާސިޓީ އޮފް ވޮޝިންޓަން އިން ލަފާކޮށްފައި ވެއެވެ. އަދި ޝިފާއެއް ލިބިފައި ނެތް މި ބައްޔަށް ވެކްސިން އެއް ލިބޭނެ ކަމަށް އުންމީދު ކުރެވެނީ އެންމެ އަވަހަށް ވެސް އަންނަ އަހަރުގެ ތެރޭގަ އެވެ.
އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 7097937 އަށް އަރާފައެވެ. އެމެރިކާ ފިޔަވައި ކޮވިޑް ބަލި ޖެހިގެން އެންމެ ގިނަ މީހުން މަރުވީ ބްރެޒިލް އިންނެވެ. އެ ގައުމުން ވަނީ 137000 މީހުން މަރުވެފަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ އިންޑިއާ އިންނެވެ. އެ ގައުމުން ގާތްގަނޑަަަަކަށް 89000 މީހުން ވަނީ މިބަލީ ގައި މަރުވެފައި އެވެ.