އަދިތުޔާގެ ކަސްރަތީ ހަށިގަނޑު ފެނިފައި ލޯބި ޖެހިއްޖެ ދޯ؟

ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ފިޓް އެކްޓަރުންގެ ތެރޭގައި އަދިތުޔާ ރޯއީ ކަޕޫރު ނުހިމެނޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. މީޑިއާތަކުގައި މިފަހުން ހިއްސާކޮށްފައި އޭނާގެ ފޮޓޯތަކުން އެކަނި ވެސް އެކަން ސާބިތު ކޮށްދެއެވެ.

ނެށުމުގެ ރިހާސަލް ތަކަށް ވަރަށް ގިނައިން ގޮސް އުޅޭ އަދިތުޔާ މިފަހަރުވެސް ޕަޕަރާޒިންނަށް ފެނިފައިވަނީ ރިހާސަލެއް ނިންމާފައި ދަނިކޮށެވެ. ވައިރަލް ވެގެން އުޅޭ ފޮޓޯތަކުން ފެންނަ ގޮތުގައި އަދިތުޔާ ހުރީ ނެށުމުގެ ސަބަބުން ދާހިއްލާ ފޯވެފައެވެ. ނަމަވެސް އޭނާ ލައިގެން ހުރި އަޅި ކުލައިގެ އަތްކެނޑި ޓީޝާޓާއި ސޯޓުބުރީގައި އެ ކަސްރަތީ ހަށިގަނޑު ފެންނަލެއް ރީތިކަމުން ފޭނުންތައް އަންނަނީ އެކަން ފާހަގަކުރަމުންނެވެ.

އެގޮތުން އަދިތުޔާގެ “ބައިސެޕްސް” ކުރިއަށްވުރެ ވަރުގަދަވެފައި ހުރިހެން އެ ފޮޓޯތަކުން ހީވާ ކަމަށް ބައެއް ފޭނުން ފާހަގަކޮށްފައިވެއެވެ. ޔަގީނުން ވެސް އަދިތުޔާ އަކީ ކަސްރަތުކޮށް ހަށިގަނޑު ފިޓުކޮށް ބެހެއްޓުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ތަރިއެކެވެ.

އަދިތުޔާ، 34، ގިނަ ބަޔަކަށް އެނގިގެން ގޮސްފައިވަނީ 2013 ވަނަ އަހަރު ނުކުތް “އާޝިގީ 2” ފިލްމުންނެވެ. އެ ފިލްމަށްފަހު އަދިތުޔާއަށް އަންނަނީ ވަރަށް ގިނަ ފިލްމުތަކަކުން ރޯލުތައް ލިބިފައެވެ. އެގޮތުން “މަލަންގް” އަކީ ފާހަގަކޮށްލެވޭ ފިލްމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!