އަނުޝްކާ އިތުރު ފޮޓޯއެއް ދޫކޮށްލައިފި، ދުށިންތަ؟

ބަތަލާ އަނުޝްކާ ޝަރުމާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ކައިވެންޔަށް 3 ވަރަކަށް އަހަރު ވަފައި ވަނިކޮށް ބަނޑުބޮނޑުކަށް ހާމަކޮށް ވަނީ ފިރިމީހާ އަދި މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އާއި އެކު ނަގަފައިވާ ވަރަށް ލޯބި ފޮޓޯއެއް ހިއްސާކޮށްފައިއެވެ.

މިފަހަރުގެ ފޮޓޯ އަކީ ވޯލްޑް ގްރެޓިޓިއުޑް ޑޭ ގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައިއެވެ. ބޭބީ ބަންޕް ފެންނަ ގޮތަށް ނަގާފައިވާ މި ފޮޓޯގައި އަނުޝްކާ ހުރީ ކަޅުކުލައިގެ ބިކިނީއެއް ލައިގެންނެވެ.

އަނުޝްކާ އަންނަނީ ފުރަތަމަ ދަރިފުޅަށް އިންތިޒާރު ކުރަމުންނެވެ. އަންނަ އަހަރު ޖެނުއަރީގައި ވިހާނެ ކަމަށް ވެސް ބަނޑުބޮޑުކަށް އިއުލާން ކުރުމަށް ހިއްސާ ކުރި ފޮޓޯގައި އޭނާ ވަނީ ބުނެފައިއެވެ.

އަނުޝްކާގެ އެންމެ ފަހުގެ ފިލްމަކީ ޒީރޯއެވެ. އެ ފަހުން އެއްވެސް ފިލްމަކަށް އޭނާ ސޮއިކޮށްފައިއެއް ނުވެއެވެ. ނަމަވެސް އަނުޝްކާ ދަނީ ބުލްބުލް ގެ މަސައްކަތް ކުރަމުންވެ. ބުލްބުލް ރިލީޒް ކުރަނީ އަންނަ އަހަރުގެ މޭގައި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!