ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލައިގެން މި 5 ކަންތަށް ކޮށްބަލަ، އޭރަށް ނުޖެހޭނެ މި ޝަކުވާއެއް ކުރާކަށް!

ކޮންމެ ނަސްލެއްގެ ކޮންމެ ޖިންސެއްގެ އަދި ކޮންމެ އުމުރެއްގެ މީހެއް ނަމަވެސް ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއެވެ. ތަފާތު އެތަށް މަސައްކަތްތަށް ކުރެއެވެ. ހަންގަނޑު ތާޒާކޮށް ޒުވާންކޮށް ބެހެއްޓުމަށްޓަކައި އެންމެ މުހިއްމު ކަމަކީ މަސާޖު ކުރުމާއި،ސުކުރަބުކުރުން، ކުލީން ކުރުމުގެ އިތުރުން ޓޯންކޮށް އަބަދުވެސް ހަންގަނޑު މޮއިސްޓަރައިޒް ކޮއްފައި ބެހެއްޓުމެވެ. އާއްމުގޮތެއްގައި މޫނު ރީތިކުރުމަށް މި 5 ކަންތަށް ކުރުން ވަރަށް މުހިއްމެވެ.

މަސާޖު ކުރުމަށްޓަކައި އަލްމަންޑު ތެޔޮކޮޅެއް ކުޑަކޮށް ހޫނުކޮއްލުމަށްފަހު 5 މިނެޓް ނޫނީ 10 މިނެޓު ވަންދެން ރީރތިކޮށް މޫނު މަސާޖުކުރާށެވެ. އަދި މަރުވެފައިވާ ހަންތަށް ނައްތާލުމަށްޓަކައި ސުކުރަބު ކުރާށެވެ. ސުކުރަބު ކުރުމަށް އޮރެންޖެއް ނޫނީ ލުނބޯ އެއް ފަޅާލުމަށްފަހު އޭގެ މައްޗަށް ހަކުރުކޮޅެއް އަޅައިގެން މޫނުގައި ރީތިކޮށް ހާކަށެވެ.

މޫނު ސާފުކުރުމަށްޓަކައި 2 ސަމްސާ ފުއް،ކުޑަ ރީދޫކޯޅެއް އަދި 1 ސަމްސާ މާމުއި އަދި އެއް ސަމްސާ ލުނބޯ އަޅައިގެން ރީތިކޮށް އެއްކޮއްލައިގެން އޭގެން ރީތިކޮށް މޫނުދޮވެލާށެވެ. ފެންވަރައިގެން ނިކުތުމަށްފަހު މޫނު ޓޯން ކުރުމަށްޓަކައި ކަފަކޮޅެއް ބޭނުންކޮއްގެން މޫނުގައި ރޯސް ވޯޓަރ ކޮޅެއް ހާކާލާށެވެ. އެއަށްފަހު ރަގަނޅު ހަންގަނޑާއި ގުޅޭ މޮއިސްޓަރައިޒާރއަކުން މޮއިސްޓަރައިޒް ކޮއްލާފައި ބެހެއްޓުން މުހިއްމެވެ.

ކޮންމެ  ދުވަހަކުވެސް ހެނދުނު ހޭލައިގެން އާދަވެގެން މި 5 ކަންތަށް ކުރާނަމަ ހަންގަނޑު އޮމާންވެ ޒުވާންކަން މަތީގައި ދެމިހުރުމަށް އެހީތެރިވެދޭކަމަށް މުމްބާއީގެ ހެލްތު ކެއާރ ސެންޓަރެއް ކަމަށްވާ ޑިމްޕަލް ޖަންގުދާ ގައިޑްސްއިން ވަނީ ހާމަކޮއްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!