ކޮވިޑް އެކްޓިވް ކޭސް 25 ރިސޯޓެއްގައި

ފަންސަވީސް ރިސޯޓެއްގައި ކޮވިޑަށް ޕޮޒިޓިވް ފަރާތްތައް އެބަ ތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 23 ރަށެއްގައާއި 25 ރިސޯޓެއްގައި އެކްޓިވް ކޭސްތައް ތިބި ކަމަށެވެ. 

އެގޮތުން އެ 25 ރިސޯޓްގައި ކޮވިޑް-19 އަށް ޕޮޒިޓިވް 16 ފަތުރުވެރިއަކާއި 34 ސްޓާފަކު އެބަތިބި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް އޭގެ އިތުރު ތަފްސީލު ހިއްސާކޮށްފައެއް ނުވެއެވެ. 

ތޭވީސް ރަށުގައި އެކްޓިވް ކޭސްތައް ތިބި އިރު، އެރަށްރަށުގައި ކޮވިޑް-19 އަށް ޕޮޒިޓިވްކޮށް ތިބީ 42 ފަރާތެކެވެ. އެއީ 28 ދިވެހިންނާއި 14 ބިދޭސީއެކެވެ.

އެޗްޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އެކަންޏެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!