3 މީހުންނާއި އެކު ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފި

ތިން މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އދ. ހަނިފަރުން ފުރައިގެން ކ. ތިލަފުއްޓަށް ދަތުރުކުރި “ސޮނޭވާ-17” ނަމަކަށް ކިޔާ ލޯންޗް ފަރަށް އަރާފައިވާ ކަމަށެވެ. 

އެ ލޯންޗް ފަރަށް އަރާފައިވަނީ ވިލެއްސަރު ރިސޯޓްގެ ފަރަށް ކަމަށާއި، އެހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށް މައުލޫމާތު ދީފައިވެ އެވެ. އަދި އެ ލޯންޗް ފަރަށް އަރާފައިވަނީ ތެޔޮ ހުސްވެ އިންޖީން ހުއްޓިގެން ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. 

އެމްއެންޑީއެފުން ބުނެފައިވަނި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނި މިރޭ 07:25 ގައި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!