26 މީހުންނާއެކު ދަތުރުކުރި އެމްޓީސީސީ ލޯންޗެއް ފަރަކަށް އަރައިފި

26 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީޢެފުން ބުނީ، 26 މީހުންނާއެކު ދަތުރު ކުރި އެމްޓީސީސީގެ “ކަޅިހި” ލޯންޗް، ފަރަކށް އަރައިގެން މިރޭ 6:48 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. 26 މީހުން ތިބި އިރު އޭގެތެރޭގައި 2 އަންހެނުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ލޯންޗު އަރާފައި ވަނީ ކ. ކޮއްދިއްޕަރު ކައިރީ އޮތް ފަރަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާ ރިޕޯޓުކުރުމާއެކު އެމްޑީއެފް ކޯސްޓްގާޑުން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ލޯންޗު ފަރަށް އެރުމާއެކު އޭގައި ތިބި އެންމެންވެސް ތިބީ އެތާ ކައިރީ އޮތް ތުނޑިއަކަށް އަރާ ކަަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އޭގައި ތިބި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!