މަސްދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑިއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ކ، ދިއްފުށީ ކަނޑުފަތީގެ އިރުން 26 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަަމުގައި އުޅުނު “އަޒުމް” ދޯނީގައި ހުރި 40 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއަށް އަންގާފައިވާ ކަމަށެވެ.
އަދި އެ މީހާގެ ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:20 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.