ސ. ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލަައިފި އެވެ.
ސ. ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ 11 ސެޕްޓެމްބަރ 2019 ގައެވެ.
މި މަޝްރޫޢުގެ ދަށުން ސައިޓް ސާފުކުރުމާއި ދަނޑުގެ ވެލިގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ފުޓްބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ.
މި މަޝްރޫޢަކީ 2.65 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.