ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނާއި އެޗްޑީސީ އެއްކޮށްލައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީއާއި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޖީ.އެމް.އައި.ޒެޑް.އެލް އެއްކޮށްލުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މި 2 ކުންފުނި އެއްކޮށްލުމަށް ސަރުކާރުން ނިންމަވާފައިވަނީ މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާތަކަށް ރިޢާޔަތްކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްޤީކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައެވެ.

ޖީ.އެމް.އައި.ޒެޑް.އެލްއިން ވިދާޅުވީ، ސަރުކާރުން އެކުލަވާލައްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްޤީ ކުރުމުގެ މަސައްކަތްތައް އެޗް.ޑީ.ސީން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިންކަމަށެވެ.

ފުރަތަމަ މަރުޙަލާއެއްގެ ގޮތުން ޖީ.އެމް.އައި.ޒެޑް.އެލްގެ އެންމެހާ އެސެޓްސް، ލައިބިލިޓީސް، މުއައްޒަފުން އަދި އެންމެހާ އެއްބަސްވުންތަކާއި ކުންފުނީގެ މައްޗަށް އޮތް އެންމެހާ އިލްތިޒާމްތަކާއި ޒިންމާތައް އެޗް.ޑީ.ސީއަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!